ރައްޔިތުންނަށް ގައްދާރުވުމަކީ އެމްޑީޕީގެ ލެގަސީ ކަމުގައި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ހިނގަމުންދާ މަގު ރައްޔިތުންނަށް ސާފުވެ ނިމިއްޖެކަމަށެވެ.
"ބެރުޖަހާފައި އެމްޑީޕީން ގެނައި ތާހިރު ނިޒާމް ފެނި ހާމަވެއްޖެ" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ މަންޑޭލާ ހެދިގެން އުޅުނު ކަންތައްވެސް ބޭކާރުވެއްޖެކަމަށާއި ގައުމަށް ހަދިޔާ ކުރީ ފިލައިގެން ނުދާނެ މުޑުދާރުކަން ކަމަށެވެ.
ޑރ. ޖަމީލްގެ މާނަފުން މި ޓްވީޓް ކުރައްވާފައިވަނީ މީހެއްގެ ކޮނޑުގައި ރައީސް ނަޝީދު އިންނެވި ފޮޓޯއަކާއި ރައީސް ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ ފެންނަ ފޮޓޯއަކާއެކުގައެވެ.
https://twitter.com/MJameelAhmed/status/1291704881162514433
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް