ހިޔާ ފްލެޓްތަގައި ހުރި ކޮމާޝަލް ޔުނިޓްތައް ވަރޗުއަލްކޮށް ބަލާލެވޭނެ އިންތިޒާމް ހަމަޖައްސަނީ

ހިޔާ ފްލެޓްތަގައި ހުރި ވިޔަފާރިއަށް ދޫކުރާ ކޮމާޝަލް ޔުނިޓްތައް ވަރޗުއަލްކޮށް ބަލާލެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ. މިދިޔަ ޖުލައިމަހު...

07 Aug 2020 | 10:49

ހިޔާ ފްލެޓްތަގައި ހުރި ވިޔަފާރިއަށް ދޫކުރާ ކޮމާޝަލް ޔުނިޓްތައް ވަރޗުއަލްކޮށް ބަލާލެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

މިދިޔަ ޖުލައިމަހު 9 ވަނަ ދުވަހު، ހިޔާ ފްލެޓްތަކުގައި ހުރި ކޮމާޝަލް ޔުނިޓްތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް އޯޕަންޑޭއެއް ބޭއްވުމަށް ނިންމައި، ދާން ބޭނުންވާ މީހުން ރަޖިސްޓްރީވާން އެޗްޑީސީން މިދިޔަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ނަމަވެސް ފްލެޓްތަކަށް ގޮސް އޯޕަންޑޭ ނުބޭއްވުމަށް އެޗްޑީސީން ނިންމީ، ކޯވިޑް-19 އަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މީހުން އެއްވެ އުޅުން ވީހާވެސް މަދުކުރުމަށެވެ. އަދި ވަރޗުއަލްކޮށް ކޮމާޝަލް ޔުނިޓްތައް ބެލޭނެ ގޮތް ހަމަޖައްސާމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ވަރޗުއަލްކޮށް ކޮމާޝަލް ޔުނިޓްތައް ބެލޭނެ ގޮތް ހަމަޖައްސަނީ އެތަންތަނުގައި ވިޔަފާރިތަށް ފެށުމަށް ބޭނުންވާ މީހުންނަށް ޖާގަތައް ދައްކާލުމަށް ހުޅުވާލާ ފުތުސަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް