ބިދޭސީ 28 ނަރުހަކަށް މިދިޔަ ދެ މަހުގެ މުސާރަ ނުލިބޭތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"މިހާރު" އަށް މައުލޫމާތު ދެއްވަމުން އެމްއެޗްޕީޔޫގެ އޮފިޝަލަކު ވިދާޅުވީ، އަތޮޅުތަކުގެ އެކި އެކި ތަންތަނަށް ގެނައި މި 28 ނަރުހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން ގާއިމްކޮށްފައިވާ ކޯވިޑް-19 މެނޭޖްމަންޓް ފެސިލިޓީތަކުގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެ ނަރުހުން ވޭތުވެދިޔަ ދެމަހުގެ މުސާރަ ނުލިބޭތީ ހެލްތު މިނިސްޓްރީއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި މުސާރަ ނުލިބި އޮތީ ސިސްޓަމްގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަންތައްތަކެއް ލަސްވެގެން ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މުސާރަ ނުލިބި ތިބި މި 28 ނަރުހުން މަސައްކަތް ކުރަމުން އަންނަނީ އައިޖީއެމްއެޗުން މެނޭޖްކުރާ ކޯވިޑް-19 މެނޭޖްމަންޓް ފެސިލިޓީއެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް