އިންޑޮނޭޝިޔާގެ ސުމަތުރާގައި ކީރިތި ޤުރުޢާނަށް އިހާނެތިކޮށް ހިތި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
އިއްޔެ މި ހުކުމް އިއްވާފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ. އޭނާ ކީރިތި ޤުރުޢާނަށް އިހާނެތިކޮސް ހިތާފައިވަނީ މިސްކިތެއްގެ ތެރޭގައެވެ. އެކަމަކީ މި އަހަރު ކުރީކޮޅު ހިނގި ކަމެއް ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އާންމުގޮތެއްގައި މި ބާވަތުގެ ކުށަކަށް އެގައުމުގައި ހަތަރު އަހަރުގެ ހުކުމެއް އިއްވައެވެ. ނަމަވެސް އެއް އަހަރު މަދުން ހުކުމް އިއްވީ ތަހުގީގީ މަރުހަލާގައްޔާއި ޝަރުއީ މަރުހަލާގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބުމުން ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް