އުތުރުގެ ހަތް އަތޮޅަށް މޫސުން ގޯސް

ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަށް މޫސުން ގޯސްކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މި ސަމާލުގައި ބުނ...

07 Aug 2020 | 09:15

ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަށް މޫސުން ގޯސްކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ.

މި ސަމާލުގައި ބުނެފައިވަނީ މިއަދު 2:15 އާއި އިރުއޮއްސި 06:30 އާއި ދެމެދުގެ ވަގުތުތަކުގައި އުތުރުގެ ހަތް އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

https://twitter.com/MetMaldives/status/1291662137564123137

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް