ވައިގަދަވެ، ކުޅުދުއްފުށި ސިޓީ ގެއެއްގެ ފުރާޅުން ބައެއް އެއްލާލައިފި

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ވައިގަދަވެ، ހދ. ކުޅުދުއްފުށި ސިޓީ ގެއެއްގެ ފުރާޅުން ބައެއް ވަޔާ އެއްލާލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ...

07 Aug 2020 | 07:15

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ވައިގަދަވެ، ހދ. ކުޅުދުއްފުށި ސިޓީ ގެއެއްގެ ފުރާޅުން ބައެއް ވަޔާ އެއްލާލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މިކަމުގެ ރިޕޯޓް މިއަދު ހެނދުނު 10:00 ގައި އެމްއެންޑީއެފަށް ލިބިގެން، އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކުޅުދުއްފުށި ޕޯސްޓްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ.

ވައިގަދަވެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލާފައިވާއިރު މި ވިއްސާރައިގާ، މިއަދު ދެކުނުގެ ބައެއް އަތޮޅުތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ހުރިހާ ފަރާތްތަކުން ހާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް