މިއަހަރުގެ މިނިވަން ދުވަހުގެ އިހްތިފާލްތައް ނުބާއްވަން ނިންމައިފި

މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަހަރު އެއްވެސް އިހްތިފާލެއް ކުރިޔަށް ނުގެންދަން ސަރުކާރުން ނިންމައިފި އެވެ. މިއަދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ކަންކަމާއި ގުޅޭގޮތުން ރައީސް އޮފީހުނ...

07 Jul 2020 | 15:08

މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަހަރު އެއްވެސް އިހްތިފާލެއް ކުރިޔަށް ނުގެންދަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ކަންކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެ ކަމަށެވެ.

މިއަދުގެ ވަޒީރުންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލި ވިދާޅުވީ މިނިވަން ދުވަހުގެ އިހްތިފާލްތައް ނުބާއްވަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާން ޖެހިފައިވާދަތިތަކާއި ގުޅިގެން ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

އަދި އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ އިހްތިފާލްތައް ނުބާއްވާ ގޮތަށް ނިންމި ނަމަވެސް އެ ދުވަހު ރައީސް ގައުމާ މުހާތަބު ކުރައްވާނެ އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް