އިދިކޮޅު ކޯލިޝަންގެ ތައުރީފު ޕީޖީ ޝަމީމަށް!

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ވެރިން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ. އިދިކޮޅު ކޯލިޝަންގެ ވެރިން ހިމެނޭ ޓީމަކުން މިއަދު ޕީޖީ ޝަމީމް އާއި ބައ...

07 Jul 2020 | 14:49

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ވެރިން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިން ހިމެނޭ ޓީމަކުން މިއަދު ޕީޖީ ޝަމީމް އާއި ބައްދަލު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ އިތުރު ދެ ދައުވާއެއް ކުރުމާއި ގުޅިގެން އޭގެ މައުލޫމާތު އިތުރަށް ސާފު ކުރަން ވެގެންނެވެ. އަދި މައްސަލަތަކާއި ގުޅިގެން އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މައްސަލަތަކުގައި އަވަހަށް ދައުވާ ކުރުމުގައި ގެންގުޅޭ އުސޫލުގެ ތެރެއިން ތިން ދުވަސް ތެރޭގައި އެ އޮފީހަށް ވަންނަ މައްސަލަތަކުގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ. އަދުރޭ ވިދާޅުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި ދައުވާ ކުރު މާއި މެދު ގޮތެއް ނިންމަނީ އެއްވެސް ބައެއްގެ ނުފޫޒެއް ނެތި ކަމުގެ ޔަގީންކަން ޕީޖީ ދެއްވުމަކީ އިދިކޮޅަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ ސަރުކާރުގެ ނުފޫޒެއް އަންނަ ދުވަހަކު ޝަމީމް މަގާމުގައި ނުހުންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޝަމީމް ވަގުތު ދެއްވި ކަމަށާއި ސަރުކާރުގެ ގިނަ އިދާރާތަކާ ހިލާފަށް އޭނާގެ ފަރާތުން ފެނުނީ ވަރަށް ޒިންމާދާރު ސިފަތަކެއް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުން ޕީޖީ ޝަމީމްއާއި މިއަދު ބައްދަލު ކުރި އިރު މަނީ ލޯންޑަރިންގެ ކުށްސާބިތުވާކަމަށް ކަނޑައަޅައި ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ހައި ކޯޓުގައި ވަނީ ތާވަލްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް