ކާޑު އޭޖެންޓުންނަށްވެސް އޮންލައިންކޮށް އޯޑަރު ކުރެވޭގޮތް އެސްޓީއޯއިން ހަމަޖައްސައިފި

ރަށް ރަށަށް ކާޑުގެ ބާވަތްތައް ގެންދާ، އެސްޓީއޯގެ ކާޑު އޭޖެންޓުންނަށްވެސް އޮންލައިންކޮށް ކާޑު އޯޑަރު ކުރެވޭނެ ގޮތް އެސްޓީއޯއިން ހަމަޖައްސައިފިއެވެ. މިގޮތުން ގާއިމްކޮށްފައިވާ ޕޯޓަލްގެ އެޑްރެސް އަކީ http...

07 Jul 2020 | 13:46

ރަށް ރަށަށް ކާޑުގެ ބާވަތްތައް ގެންދާ، އެސްޓީއޯގެ ކާޑު އޭޖެންޓުންނަށްވެސް އޮންލައިންކޮށް ކާޑު އޯޑަރު ކުރެވޭނެ ގޮތް އެސްޓީއޯއިން ހަމަޖައްސައިފިއެވެ.

މިގޮތުން ގާއިމްކޮށްފައިވާ ޕޯޓަލްގެ އެޑްރެސް އަކީ https://sto.mv/Estore/Staples އެވެ.

އީސްޓޯރ މެދުވެރިކޮށް ކާޑު އޭޖެންޓުން އޯޑަރު ކުރާނެ ގޮތް:

1. އެސްޓީއޯގެ ވެބް ޕޯޓަށް (https://sto.mv/estore/staples ) އަށް ކޮމްޕިއުޓަރު ނުވަތަ ފޯނު މެދުވެރިކޮށް ވަންނާށެވެ.

2. އެ އެޖެންޓަކަށް ދީފައިވާ އޭޖެންޓް ކޯޑް ވެބްސައިޓްގައި ޖައްސަވާށެވެ.

- އޯޓީޕީ ކޯޑް ޖަހާފައިވާ އެސްއެމްއެސް އެއް ކަސްޓަމަރ ރަޖިސްޓްރީކޮށްފައިވާ ފޯނު ނަމްބަރަށް ލިބިވަޑައިގަންނަވާނެއެވެ.

- އޯޓީޕީ ބޭނުން ކޮށްގެން ވެބްސައިޓަށް ވަދެވޭނެއެވެ.

3. އޯޑަރު ދެއްވުމަށް ހަނޑު، ހަކުރު އަދި ފުށް ބޭނުންވާ އަދަދު ޖައްސަވާށެވެ.

- އަދަދުތައް ޖެހުމުން އޯޑަރަށްވާ ޖުމްލަ އަގު ފެންނާނެއެވެ. އަދި ކަސްޓަމަރާއެކު ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ޑިސްކައުންޓް ލިބޭވަރުވެސް ފެންނާނެއެވެ. މީގެ އިތުރުން ކަސްޓަމަރަށް ކޮންމެ ދުވަހަކު މުދާ ދޫކުރުމަށް ހަމަޖެހިފައިވާ ކޯޓާގެ ތަފްސީލް ފެންނަން ހުންނާނެއެވެ.

4. ދޯނި/ބޯޓުގެ ނަން، ގުޅަންވީ ފަރާތުގެ ނަމާއި ގުޅޭނެ ނަމްބަރު ޖައްސަވާށެވެ.

5. މުދާ ގުދަނުން ބޯޓަށް ޑެލިވަރ ކުރާނެ ފަރާތެއް ނަންގަވާށެވެ.

- އޯޑަރު ކުރުމުގެ ކުރިން ޑެލިވަރީ ކޮށްދޭނެ ފަރާތާ ގުޅައި އޯޑަރ ޑެލިވަރ ކޮށްދެވޭނެތޯ ޗެކް ކުރައްވާށެވެ.

6. ފައިސާ ދެއްކެވުމަށް ފިތައް އޮބާލުމުން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކޭޝްކާޑުން ފައިސާ ދެއްކޭނެއެވެ.

7. ދީފައިވާ އޯޑަރ ކޮންފާރމް ވުމުން ސްލިޕެއް ލިބިލައްވާނެއެވެ. އަދި އެޖެންޓްގެ ނަމްބަރަށް މުދަލުގެ ތަފްސީލާއެކު އެސްއެމްއެސްއެއް ލިބިލައްވާނެއެވެ.

8. އެދުވަހެއްގެ 14:30 އާއި ހަމައަށް ދެއްވާފައިވާ އޯޑަރތައް ޖެހިގެން އަންނަ ދުވަހު 9:00އިން ފެށިގެން 16:00 އާއި ހަމައަށް މުދާ ދޫކުރެވޭނެއެވެ.

- އިތުރު މައުލޫމާތު ސާފުކުރުމަށް 7962788 އަށް ގުޅުއްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް