އިސްލާމްދީނާ ފުށޫ އަރާ ވާހަކަތަކެއް ހިމަނާފައިވާ ރިޕޯޓެއް ނެރެފައިވާ އުތެމަ ޖަމިއްޔާގެ މައްސަލައިގަ އަދާލަތު ޕާޓީން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ބައްދަލުކޮށްފި އެވެ.
އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގައި އުތެމަ ޖަމިއްޔާއިން އދ. ގެ ސިޑޯ ކޮމިޓީއަށް ހުށަހެޅި ރިޕޯޓު ހުރި އިސްލާމް ދީނާއި ހިލާފު ކަންކަމާއި ގުޅޭގޮތުން އުފެދިފައިވާ ކަންންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުން ނެވެ.
https://twitter.com/AdhaalathOffice/status/1280426341024727040
އުތެމަގެ ރިޕޯޓުގައި ވަނީ އިސްލާމް ދީނާއި ރަސޫލާ (ސއވ) އަށް ހަޖޫޖަހައި ރިޕޯޓު ތައްޔާރު ކުރި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްއިން ނެރެފައިވާ ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަމަށް ތާއީދުކޮށްފައި އެވެ.
މިކަމާ ގުޅިގެން ގިނަ އާންމުންގެ ފާޑުކިޔުން އެ ޖަމިއްޔާއަށް އަމާޒުވެފައި އެވެ. އަދި ދިނީ ޖަމިއްޔާތަކުން ދަނީ ޑިމޮކްރަސީ ނެޓްވޯކެކޭ އެއްގޮތަށް އުތެމަ ޖަމިއްޔާވެސް އުވާލުމަށް ޔޫތް މިނިސްޓްރީއަށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް