މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމް ކުރި ކޯވިޑް-19 އަށް ޓެސްޓު ކުރާ ލެބްގެ މަސައްކަތް ނިންމައިފި އެވެ.
މި މަސައްކަތް ކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުންނެވެ. އެ އެއާޕޯޓުގައި ކޯވިޑަށް ޓެސްޓު ކުރާ ލެބްއެއް ހެދީ ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ވަރުގަދަ ހޮޓެލް ޗެއިން ސޮނޭވާ ހޮޓެލްސްގެ ހަރަދުގައި އެވެ.
ލެބް ގާއިމް ކުރުމުގެ މަސައްކަތް އޭޑީކޭއާއި ހަވާލު ކުރީ ސޮވޭވާ ހޮޓެލްސް އިންނެވެ.
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ބުނީ އެ ލެބްގައި ކޯވިޑަށް ޓެސްޓު ކުރަން ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށެވެ. އެ މަސައްކަތް ނިންމާފައިވަނީ30 ދުވަހުން ކަމަށް ބުނެފައިވެ އެވެ.
https://twitter.com/ADKTrades/status/1280089726368636928
މިއީ ރާއްޖޭގެ އެއާޕޯޓެއްގައި ގާއިމްކުރި ފުރަތަމަ ލެބެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ކޯވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާޜުން ބުނީ ވީއައިއޭގައި ބަހައްޓާ ޕީސީއާރު މެޝިން ހަދިޔާ ކުރަނީ ޗައިނާއިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް