ދިރިއުޅުމުގެ ހާލަތު ދެނެގެންނަން ފޯނުން ނުގުޅޭ މީހުންގެ ލިސްޓު އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ދާން ފޯނުން ނުގުޅޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި އެވެ. ރައީސް އޮފީހުން ބުނީ އެ މީހުންގެ ލިސްޓެއް ސ...

07 Jul 2020 | 07:41

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ދާން ފޯނުން ނުގުޅޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އެ މީހުންގެ ލިސްޓެއް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ލިސްޓުގައި ވާ މީހުންނަކީ ފްލެޓަށް އެދި ފޯމް ހުށަހެޅި އިރު ޖަހާފައިވާ ނަމްބަރަށް މިހާރު ނުގުޅޭ މީހުން ކަމަށް ބުނެ އެވެ.

މިއަދު ނަންތައް އާންމުކޮށްފައިވާ މީހުންނަކީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ، H8 އަދި H10 ކެޓަގަރީތަކަށް ފޯމް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފޯނުން ނުގުޅޭ މީހުންނެވެ. އެ ކެޓަގަރީތަކުން ފްލެޓު ލިބޭ މީހުންގެ ލިސްޓު ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ފްލެޓަށް ފޯމު ހުށަހަޅާފައިވާ ކެޓަގަރީތަކުގެ ތެރެއިން H7 އަދި H9 އިން ފްލެޓު ލިބޭނެ ކަމަށް ނިންމާފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް އަދި ނިމިފައިނުވާ ކަމަށެވެ.

https://hcc.presidency.gov.mv/

ރައީސް އޮފީހުެ ބަޔާނުގައި ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީ އާއި ހަވާލާ ދީ ބުނެފައިވާގޮތުގައި ހާލަތު ބަލައި އެކުލަވާލަމުންދާ ލިސްޓަކީ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް