ދިގު މުއްދަތަކަށް ޗުއްޓީ ހޭދަ ކުރާ ޓޫރިސްޓުން އަށް ރިސޯޓެއްގައި އެބަތިބި

ކޯވިޑް-19 އާއި ގުޅިގެން ރާޢްޖޭގެ ބޯޑަރު ބަންދު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީ އެއްކޮއްހެން ހުއްޓިފައި ވީނަމަވެސް އަދިވެސް އަށް ރިސޯޓެއްގައި ޓޫރިސްޓުން އެބަތިއްބެވެ. މި މައުލޫމާތު ހާމަކޮށްފައި ވަނީ ޓޫރ...

07 Jul 2020 | 05:27

ކޯވިޑް-19 އާއި ގުޅިގެން ރާޢްޖޭގެ ބޯޑަރު ބަންދު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީ އެއްކޮއްހެން ހުއްޓިފައި ވީނަމަވެސް އަދިވެސް އަށް ރިސޯޓެއްގައި ޓޫރިސްޓުން އެބަތިއްބެވެ.

މި މައުލޫމާތު ހާމަކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މީގެ ކުރިންވެސް ބުނެފައިވާގޮތުގައި ކޯވިޑް-19 އާއި ގުޅިގެން އެނބުރި ގައުމަށް ދާން ބޭނުން ނުވާ ޓޫރިސްޓުންތަކެއް ރާއްޖޭގައި ދިގު މުއްދަތަކަށް ޗުއްޓީ ހޭދަ ކުރަމުންދާ ކަމަށެވެ.

މިވަގުތު އޮޕަރޭޝަންސްތައް ކުރިޔަށް ދާ އަށް ރިސޯޓަކީ:

ފޯސީޒަންސް ރިސޯޓު ލަނޑާގިރާވަރު (ބ އަތޮޅު)

ލިލީ ބީކް ރިސޯޓު (އދ. އަތޮޅު:

ލަކްސް ނޯތް މާލެ އެޓޯލް (ކ. އަތޮޅު)

އޮބްލޫ ބައި އެޓްމޮސްފިއާ އެޓް އެޓްމޮސްފިއާ (ކ. އަތޮޅު)

ސޮނޭވާ ފުށި ރިސޯޓު (ބ އަތޮޅު)

އަންސާނާ ރެސޯޓު އެންޑް ސްޕާ- ވެލަވަރު (ދ. އަތޮޅު)

ވެލާ ޕްރައިވެޓް އައިލެންޑު (ނ. އަތޮޅު)

އަލުން ރާއްޖޭގެ ޓޫރިޒަމް ފަށައި ގަންނަނާނީ މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ދުވަހު30 ރިސޯޓެއްގެ އޮޕަރޭޝަންސްތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް