ސައޫދީގައި ތިބި ފަރާތްތަކުން ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން، މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމަ އެކަނި ސައޫދީ އަރަބިއްޔާގައި ތިބި ފަރާތްތަކަށް ކަމަށް ނިންމާފައިވާއިރު އެ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ....

07 Jul 2020 | 03:43

ކޯވިޑް-19 އާއި ގުޅިގެން، މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމަ އެކަނި ސައޫދީ އަރަބިއްޔާގައި ތިބި ފަރާތްތަކަށް ކަމަށް ނިންމާފައިވާއިރު އެ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނީ އެންމެ 10،000 މީހުންނަށް ކަމުގައި ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެންނެވެ.

އެ 10،000 މީހުންގެ ތެރެއިން 70 ޕަސެންޓް ދޭން ނިންމާފައިވަނީ ސައޫދީގައި ތިބި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނަށެވެ. އަދި އަނެއް 30 ޕަސެންޓް ދޭން ނިންމާފައިވަނީ އެ ގައުމުގެ ރައްޔިތުންނަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މިފަދަ ނިންމުންތަކެއް ނިންމާފައިވާއިރު، މި ވައިރަސް ކޮންޓްރޯލް ކުރުމަށް ސައޫދީ އަރަބިއްޔާގެ ހުރިހާ މިސްކިތެއްވެސް ބަންދު ކުރިއެވެ. އެހެން ނަމަވެސް މިހާރު މި ވައިރަސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާއިރު މިސްކިތްތައް ވަނީ އަލުން ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް