ބޮލީވުޑަށް ވަނުމުގެ ދަތުރު ފެށިއިރު ސޮނާކްޝީގެ ބަރުދަނުގައި 95 ކިލޯ ހުރި !

ބޮލީވުޑަށް ވަނުމަށް ނިންމައި ހަށިގަނޑުގެ ބަރުދަނަށް ބަދަލެއް ގެންނަން އުޅުނު އިރު ބަރުދަނުގައި 95 ކިލޯ ހުރި ކަމަށާއި އޭރު ދުވާމެޝިނުގައި ހިފަހައްޓާލެވެނީ އެންމެ 30 ސިކުންތަށް ކަމުގައި ސޮނާކްޝީ ސިންހަ ...

07 Jul 2020 | 02:33

ބޮލީވުޑަށް ވަނުމަށް ނިންމައި ހަށިގަނޑުގެ ބަރުދަނަށް ބަދަލެއް ގެންނަން އުޅުނު އިރު ބަރުދަނުގައި 95 ކިލޯ ހުރި ކަމަށާއި އޭރު ދުވާމެޝިނުގައި ހިފަހައްޓާލެވެނީ އެންމެ 30 ސިކުންތަށް ކަމުގައި ސޮނާކްޝީ ސިންހަ ބުނެފިއެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫހަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ބަރުދަނުން 30 ކިލޯ ދުއްވާލާފައިވާއިރު ކިޔަވަން އުޅުނު އިރު ފަލަކަމުން އެކުގައި އުޅުނު މީހުން ފާޑު ފާޑުގެ ނަންނަމުންވެސް މުހާތަބު ކުރި ކަމަށެވެ.

"ޖިމް މެމްބަރޝިޕެއް ނަގައިގެންގޮސް ދުވާ މެޝިނަށް އަރައިގެން 30 ސިކުންތުވެސް ނުދުވުނު، އެހިސާބުންވެސް ނިންމައިފިން ބޮޑު ބަދަލެއް ގެންނަން އެބަޖެހޭކަން" ސޮނާކްޝީ ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުގައި އޭނާ އެ މަސައްކަތް ފެށިއިރު އުމުރުން ވާނީ 18 އަހަރެވެ.

ސޮނާކްޝީ އޭނާގެ ފިލްމީ ކެރިއަރ މީގެ 10 އަހަރު ކުރިން ފަށާފައިވަނީ ފިލްމު "ދަބަންގް" އިންނެވެ. އޭރުވެސް އޭނާ ފެނިގެންދިޔައީ ކޮންމެވެސް ވަރަކަށް ބަރުހެލި އެކްޓަރެއްގެ ގޮތުގައެވެ. ނަމަވެސް ފާއިތުވި 10 އަހަރުގެ ތެރޭގައި ބަރުދަނުން 30 ކިލޯ ދުއްވާލެވިއްޖެ ކަމަށް ސޮނާކްޝީ ބުނެފައިވެއެވެ.

އުމުރުން މިހާރު 33 އަހަރުގެ ސޮނާކްޝީ ސިންހަ އަކީ ހިންދީ ކުރީގެ ތަރި ޝަތުރުންގަން ސިންހަ (ސަތަރޭ) ގެ ދަރިއެކެވެ. 10 އަހަރުގެ ފިލްމީ ހަޔާތުގައި ސޮނާކްޝީ 31 ފިލްމެއް ކުޅެފައިވެއެވެ. މިހާރުވެސް ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް