އެޗްއާރުސީއެމްއާއި މީރާގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހަތަރު މެންބަރެއްގެ މަގާމުގެ މު...

07 Jul 2020 | 01:04

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހަތަރު މެންބަރެއްގެ މަގާމުގެ މުއްދަތު ހަމާވާތީ އެމަގާމުތަކަށް މީހުން ކުރިމަތި ލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މީރާގެ ބޯޑު މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ. އަނެއް މަގާމަކީ މެންބަރަކު އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ކަގާމެކެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ފޯމު www.presidencymaldives.gov.mv އިން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

ފޯމު ބަލައިގެންނާނީ މިމަހުގެ 12 އަދި 14 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް