މިއަދު ރާއްޖެއިން ޕޮސިޓިވްވީ ދެ ދިވެހިން!

މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވީ އެންމެ ދެ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ހަވީރު 6:00 ގ...

07 Jun 2020 | 17:10

މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވީ އެންމެ ދެ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ހަވީރު 6:00 ގެ ނިޔަލަށް ޕޮސިޓިވްވެފައިވަނީ ދެ ދިވެއްސަކު އެކަންޏެވެ. މިއާއި އެކު ރާއްޖެއިން ޕޮސިޓިވްވި މީހުންގެ އަދަދުވަނީ 1،903 އަށް އިތުރުވެފައި އެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1،066 މީހަކަށެވެ.

ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު 30 އަށްވުރެ އިތުރު ނުވާތާ ހަތްފާއެއް ވަނީ އެވެ. އެޗްޕީއޭއިން ކުރިން ބުނެފައިވަނީ ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު 50 އަށްވުރެ އިތުރު ނުވާނަމަ މާލޭގެ އާބާދީއަށް ބަލައި އެއީ ކޮންޓްރޯލް އަދަދެއް ކަމަށެވެ.

އެކަމަކު އަދި މިއީ ރާއްޖެެއިން އެއްކޮށް ވައިރަސް ކޮންޓްރޯލް ކުރެވުނީ ކަމަށް ހީނުކުރުމަށް އެދިފައިވެ އެވެ.

ރާއްޖެއިން މިހާތަނަށ މި ބަލީގައި އަށް މީހަކު މަރުވެފައިވެ އެވެ. އޭ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް