މީ ދަރަނީގެ ދަންތުރައިގެ ފޮޓޯ: ރައީސް ނަޝީދު

ހިޔާ މަޝްރޫއުގެ ފްލެޓް ތަކަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރައްވައިފިއެވެ. ހިޔާ ފްލެޓްތަކުގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ހުޅުމާލެ ފްލެޓްތައް ...

07 Jun 2020 | 14:57

ހިޔާ މަޝްރޫއުގެ ފްލެޓް ތަކަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރައްވައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ހުޅުމާލެ ފްލެޓްތައް އަޅާފައި އެވަނީ 500 އަކަފޫޓުގެ ކުދި ކޮތަރުކޮށި ތަކެއް ގޮތަށް ކަމަށެވެ. އޭގެން ތަނެއް ހަދަން ހަރަދުކޮށްފައިވާކަމަށް ބުނަނީ އަކަފޫޓަކަށް 1900 ކަމުގައިވާއިރު ކުލީގެ ގޮތުގައި 11000 ޖެހޭކަމުގައިވެސް ވިދާޅުވެފައިވެއެވެ.

"ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ، މީ އެ ދަރަނީގެ ދަންތުރައިގެ ފޮޓޯ" ފޮޓޯއާއެކު ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ހަމަ މި މައުލޫގައި އިތުރު ޓްވީޓްތަކެއް ކުރައްވައި ވިދާޅުވެފައިވަނީ މި ފްލެޓްތައް ފިޔަވާ ދެން ހަދާފައިވާ ގިނަ ތަންތަނަކީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި އެތަންތަން ތަނަވަސްވާނެ ކަމަށެވެ. އަގު އެކަށީގެންވާނެ ކަމަށެވެ. ބޮޑު ދަރަންޏެއް ނޯންނާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި ދަރަނި (ހިޔާ ފްލެޓް) ސަރުކާރުން ދައްކާނެ ކަމަށާއި އަދި އިތުރު ތަނަވަސް ފްލެޓްތައްވެސް އަޅާދެއްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1269616507551535104

ސަރުކާރުން ރައްޔިތުންނަށް ފޫބައްދައިދޭނެ ކަމުގައި ވިދާޅުވެ ހިޔާ މަޝްރޫއުގެ އަގުތަކާއިމެދު ސުވާލުތަކެއް ރައީސް ނަޝީދު އުފައްދަވާފައިވެއެވެ. އެގޮތުން 900 ރުފިޔާއަށް އަކަފޫޓެއް އަސްލު އަގު ހުރި މަސައްކަތެއް 1900 އަށް ކުރީމާ ތަފާތުވީ ބައި ކޮބައިތޯ ސުވާލު އުފައްދަވާފައިވެއެވެ. އަދި ޗައިނާ ކުންފުނިން ދެކޮޅު ނުޖެހޭ މިންވަރަށް އަގު އުފުލީ ދަރުވާލާފަ ފަހުން އެ ކުންފުނިން ގަންނަންތޯވެސް ސުވާލު އުފައްދާފައިވެއެވެ. އަދި ލަންކާ އާއި އެފްރިކާގެ ގައުމުތަކަށް ވީ އެހެން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް