ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ފްލައިޓެއް ބާއްވަނީ

އަވައްޓެރި ސްރީލަންކާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގަ...

07 Jun 2020 | 11:07

އަވައްޓެރި ސްރީލަންކާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި މިމަހުގެ 10 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުތަކުގައި އިސްކަންދޭނީ ލަންކާ އަށް ބޭސްފަރުވާ އަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި، ޓޫރިސްޓުންގެ ގޮތުގައި ލަންކާ އަށް ގޮސް ނާދެވި ތިބި މީހުންގެ އިތުރުން ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި ރާއްޖެ އަށް އަނބުރާ ނާދެވި ތިބި މީހުންނަށް ކަމަށެވެ. ދެން އިސްކަން ދިނުމަށް ނިންމާފައިވަނީ ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ މީހުންގެ އިތުރުން ލަންގާއި ދިރިއުޅޭ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުންނަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ފުރަތަމަ ފްލައިޓުން ހުރިހާ އެންމެންނަށް ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު ކުރިޔަށް އޮތްތާ ލަންކާގައި ތިބި ދިވެހިން ގެންނަން އިތުރު ފްލައިޓުތައް ބާއްވަން ހަމަޖެހިފައިވާތީ އަންނަން ބޭނުންވާ ހުރިހާ އެންމެންނަށް އެނބުރި ރާއްޖެ އައުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ލަންކާގައި ގާތްގަނޑަކަށް 14،000 އާއި ދިވެހިން ދިރިއުޅެމުންދާއިރު ކޯވިޑް-19 އާއި ގުޅިގެން އެ ގައުމު ލޮކްޑައުންއަށް ދިޔަ ޓޫރިސްޓު ވިސާގައި ގޮސް އެ ގައުމުގައި ތާށިވެފައި ތިބި މީހުންވެސް އެބަތިއްބެވެ. އެމީހުންނަށް ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.

ލަންކާގެ ލޮކްޑައުންއާއި ގުޅިގެން ތާށިވި ގިނަ ބަޔަކު މީގެ ކުރިން ގެނެސްފައިވެސް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް