ޑްރައިވަރުންގެ ޖަމިއްޔާއަށް ކާނަލް ނާޒިމް ސެނަޓައިޒާ، މާސްކާއި އަންގި ހަދިޔާކޮށްފި

ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ "ނާޒިމްއަފާ ފައުންޑޭޝަނުން" ޑްރައިވަރުންގެ ޖަމިއްޔާއަށް ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާނެ ސާމާނު ހަދިޔާކޮށްފި އެވެ. އެ ފައުންޑޭޝަނުން ބުނީ ޑްރަ...

07 Jun 2020 | 10:42

ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ "ނާޒިމްއަފާ ފައުންޑޭޝަނުން" ޑްރައިވަރުންގެ ޖަމިއްޔާއަށް ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާނެ ސާމާނު ހަދިޔާކޮށްފި އެވެ.

އެ ފައުންޑޭޝަނުން ބުނީ ޑްރައިވަރުންގެ ޖަމިއްޔާއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 6،000 ޕީޕީއީ ސާމާނު ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި މާސްކާއި އަންގި އަދި ސެނެޓައިޒާ ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ޑްރައިވަރުންނަކީ ހީވާގި ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގިނަ އިރު މަސައްކަތުގައި ހޭދަކުރާ ބައެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

https://twitter.com/nazim7878/status/1269561043568562176

ނާޒިމް މީގެ ކުރިން ވަނީ އޭނާ މެދުވެރިވެގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ޕީޕީއީ ސެޓުތަކެއް ހަދިޔާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް