ވިލިމާލޭ ފެރީ ދަތުރު ކުރާ ގަޑިތައް އިތުރުކޮށްފި އެވެ.
އެމްޓީސީސީން ބުނީ މި ބަދަލު ގެނައީ މާލޭ ސިޓީގެ ލޮކްޑައުންއަށް ގެނައި ލުއިތަކާއި ގުޅިގެން ކަމަށެވެ. މި ބަދަލާއި އެކު ވިލިމާލެ އާއި މާލެ އާއި ދެމެދު ކޮޅަށް ދުވާލަކު 20 ދަތުރު ކުރާނެ އެވެ.
އެމްޓީސީސީން ބުނީ މި ބަދަލު ގެނައީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ވިލިމާލެއިން މާލެއަށް އަންނަން ބޭނުންވާ މީހުންނަށް ފެރީއަށް އެރޭނީ ފުލުހުން ދޫކުރާ ފާސް ދެއްކުމުން ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ ކުރިޔަށް އޮތްތާ ހާލަތަށް ބަލައި ދަތުރުތައް އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ވިލިމާލޭ ފެރީއަށް ގެނައި މި ބަދަލާއި އެކު އަތޮޅުތަކުގަ އާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށީގައި ދަތުރު ކުރާ ކާގޯ ފެރީތަކުގެ އަދަދު ވެސް ވަނީ އިތުރުކޮށްފަ އެވެ.
މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއި ދިނުމަށް ފަހު ބޭރަށް ނުކުތުމުގެ ހުއްދަ ދޭ ފަރާތްތަކަށް ހުޅުމާލެއިން މާލެ އަށް އަދި މާލެއިން ހުޅުމާލެއަށް ދިއުން މަނަލެވެ. އެކަމަކު ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް މާލެއަށް ބާޒާރަށް އާދެވޭ ގޮތަށް ނިންމާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް