އުތުރުގެ އަތޮޅުތަކަށް މިއަދު ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ މެންދުރު 1:10 ން ހަވީރު 5:10 އަށެވެ.
އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް 40 މޭލަށް ވައިގަދަ ވާނެ އެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ އެވެ. ގަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާއިރު 3-5 ފޫޓާއި ދެމެދުގެ ރާޅު ނަގާނެ ކަމަށް ބުނެ އެވެ.
މިއަދު ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ހުރިހާ ސަރަހައްދަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް