ކޯވިޑް-19 އާއި ގުޅިގެން ޝަރީއަތްތައް މެދުކަނޑާލާފައި އޮތުމަށް ފަހު ހައި ކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ފަށައިފި އެވެ.
އެ ކޯޓުން އޮންލައިންކޮށް ބޭއްވި ފުރަތަމަ ޝަރީއަތް އޮތީ މިއަދު ހެނދުނު 11:30 ގައި އެވެ. އެއީ ދައުލަތާ ދެކޮޅަށް އަމިއްލަ މީހަކު ހުށަހެޅި ޖިނާއީ މައްސަލައެއްގެ އިސްތިއުނާފު އަޑުއެހުމެކެވެ.
ހައި ކޯޓުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޯޓުގެ ޝަރީއަތްތައް ވަގުތުން ދުރަށް ދައްކަން ނިންމާފައި އެވެ. ސުޕްރީމް ކޯޓުންވެސް ޝަރީއަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ދައްކާ ގޮތަށް ހަމަޖައްސާފައިވެ އެވެ.
އެކަމަކު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުން މިގޮތަށް އަމަލެއް ނުކުރެ އެވެ.
ހައި ކޯޓުގެ އިތުރުން ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުން ދަނީ އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދަން ފަށާފައި އެވެ. އަދި ފެމިލީ ކޯޓުނ ވަނީ އޮންލައިންކޮށް ކައިވެނިކޮށްދޭން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް