ކޯވިޑް19: އިތުރު ހަ މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 648 އަށް

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު ހަ މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 648 އަށް އަރައިފިއެވެ. މި ހަމީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ ދެމީހަކާއި އިންޑިއާއަށް ނިސްބަތްވާ ދެމީހަކާއި ދެ ދި...

07 May 2020 | 18:40

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު ހަ މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 648 އަށް އަރައިފިއެވެ.

މި ހަމީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ ދެމީހަކާއި އިންޑިއާއަށް ނިސްބަތްވާ ދެމީހަކާއި ދެ ދިވެހިންނެވެ.

މިއަދަދާއެކު މިއަދު އެކަނި ޕޮޒިޓިވް ވި އަދަދު މިވަނީ 30 އަށް އަރާފައެވެ.

މިހާރު ހަމަ ކޮންމެ ދުވަހަކުހެން ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އަންނައިރު މި މަހުގެ 30 ހިސާބުގައި ޕީކަކަށް ދާނެކަން، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ފާހަގަކުރިއެވެ. އެގޮތުން މި މަހުގެ 30 ހިސާބުގައި ދުވާލަކު 1600 މީހަކު ޕޮޒިޓިވްވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް