ކޯވިޑް-19: މިއަދު އިތުރު 24 ކޭސް، ޖުމްލަ އަދަދު 642 އަށް

ކޯވިޑް-19 އަށް ރާއްޖެއިން 24 މީހަކު އިތުރަށް ޕޮޒިޓިވް ވެ ޖުމްލަ އަދަދު 642އަށް އަރައިފިއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު ހަވީރު 4:30 އާއި ހަމައަށް ރާއްޖެއ...

07 May 2020 | 15:09

ކޯވިޑް-19 އަށް ރާއްޖެއިން 24 މީހަކު އިތުރަށް ޕޮޒިޓިވް ވެ ޖުމްލަ އަދަދު 642އަށް އަރައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު ހަވީރު 4:30 އާއި ހަމައަށް ރާއްޖެއިން 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެއީ ބަންގްލަދޭޝަށް ނިސްބަތްވާ 20 ރައްޔިތަކާއި އިންޑިއާގެ ރައްޔިތަކާއި ތިން ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އޭގެ ތެރޭގައި، ނުރައްކާތެރިކަން ބޮޑުކަމަށް ބެލެވޭ ބައެއް ތަންތަނުން ނެގި އެކްޓިވް ސަވައިލެންސް ސާމްޕަލް ހިމެނޭކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް