އިންޑިއާ މީހުން ގެންދަން އެ ގައުމުގެ މަނަވަރުތައް ރާއްޖެ އައިސްފި

ރާއްޖޭގައި ތިބި އިންޑިއާ މީހުން ކަނޑުމަގުން ގެންދަން ބަލާ އަންނަ މަނަވަރުތައް ރާއްޖެ އަތުވެއްޖެ އެވެ. އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ފަށާފައިވާ އޮޕަރޭޝަންގައި ރާއްޖޭގައި ތިބި މީހުން ބަލައި އައިސް...

07 May 2020 | 09:53

ރާއްޖޭގައި ތިބި އިންޑިއާ މީހުން ކަނޑުމަގުން ގެންދަން ބަލާ އަންނަ މަނަވަރުތައް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ފަށާފައިވާ އޮޕަރޭޝަންގައި ރާއްޖޭގައި ތިބި މީހުން ބަލައި އައިސްފައިވަނީ އައިއެންއެސް ޖަލަޝްވާ އާއި އައިއެންއެސް މަގަރެވެ. މީގެ ތެރެއިން މާދަމާ ފުރުމަށް ހަމަޖެހިފައިވާ މަނަވަރުގައި 700 މީހުން ގެންދާނެ އެވެ.

މި މަނަވަރުތައް މިހާރު އޮތީ މާލޭ ޕޯޓުގައި ބަނދަރުކޮށްފައި އެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވަނީ މި މީހުން ޕޯޓް ސަރަހައްދަށް ގެންދިއުމަށް ބަސް ދަތުރުތައް ހަމަޖައްސާ އެ ދަތުރުގައި އެނބުރި ގައުމަށްދާ މީހުންގެ ލިސްޓު އާންމުކޮށްފައި އެވެ.

ރާއްޖޭގައި ދިރިއުޅޭ ގާތްގަނޑަކަށް އިންޑިއާގެ 30،000 މީހުންގެ ތެރޭން 54 މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖޭގެ އިތުރުން ޔޫއޭއީ އަށްވެސް އިންޑިއާ މީހުން ބަލާ މަނަވަރެއް ފޮނުވުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ވައިގެ މަގުންވެސް އެކި ގައުމުތަކުގައި ތިބި އިންޑިއާ މީހުން ގެންދަން ފްލައިޓުތައް ބާއްވަން ނިންމާފައި އެވެ.

އިންޑިއާގައި މިހާތަނަށް ކޯވިޑަށް49،436 މީހަކަށް ވައިރަސް ޖެހިފައިވާއިރު1،695 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް