ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ވަގަށް ނަގާފައިވާ ޑިޒައިނެއް ކަމަށްބުނެ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު !

ކުރީގެ ސަރުކާރުން ބިނާކޮށްފައިވާ، ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ މެލޭޝިޔާ ކުންފުންޏެއްގެ ޑިޒައިނެއް ކަމަށްބުނެ އެ ކުންފުނިން މިކަމާ ގާނޫނީ ފިޔަވަޅު އަޅާފާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް ރިޕޯޓ...

07 Apr 2021 | 17:51

ކުރީގެ ސަރުކާރުން ބިނާކޮށްފައިވާ، ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ މެލޭޝިޔާ ކުންފުންޏެއްގެ ޑިޒައިނެއް ކަމަށްބުނެ އެ ކުންފުނިން މިކަމާ ގާނޫނީ ފިޔަވަޅު އަޅާފާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

އެގޮތުން މިއަދު ރާއްޖެއެމްވީގައި ރިޕޯޓްކޮށްފައިވާގޮތުގައި ކިންގް ސަލްމާން މިސްކިތް މިހާރު ހަދާފައިވާ ޑިޒައިން، މެލޭޝިޔާ ކުންފުންޏަކުން ރާއްޖެއާ ހިއްސާކޮށް ޕްރެޒެންޓޭޝަނެއްވެސް ހހުށަހެޅިއެވެ. ނަމަވެސް މި މިސްކިތް ބިނާކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. މެލޭޝިޔާ ކުންފުނިން ބުނެފައިވާގޮތުގައި މި މިސްކިތް ބިނާކޮށް ނިންމާފައިވަނީ އެ ކުންފުނީގެ ޑިޒައިނަށެވެ. ކުދި ކުދި ބަދަލު ހުރި ނަމަވެސް ޑިޒައިނަކީ މެލޭޝިޔާ ކުންފުނީގެ ޑިޒައިންކަމަށް މެލޭޝިޔާ ކުންފުނިން ދައުވާ ކުރާކަމަށް ރާއްޖެއެމްވީގައި ބުނެފައިވެއެވެ.

އެ ނޫހުގައި ބުނެފައިވާގޮތުގައި މެލޭޝިޔާގެ އެ ކުންފުނިން މިހާރު އަންނަނީ މިކަމާއި ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ދީފައެވެ. ކޮޕީރައިޓްގެ ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރާއްޖެއެމްވީގައި ބުނެފައިވެއެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މި މިސްކިތް ބިނާކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް