ރާއްޖެއިން އިތުރު 138 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ މާލެއިން 84 މީހުން ކަމަށެވެ. އަތޮޅު ތެރޭގެ ރަށްތަކުން 44 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަ މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން ހަތަރު މީހެކެވެ.
މިއަދު ކޯވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ 4،034 ސާމްޕަލެވެ.
މިވަގުތު 3،101 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 88 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 22،014 މީހުން ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 67 މީހުންނެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 25،191 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް