ރޯދަމަހަށްވާ ތައްޔާރީ ތަކުގެ ތެރެއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޭޖަރ އިމްޕޯޓަރުންނާ ބައްދަލުކޮށްފިއެވެ. އެމްޕީއެލްއިން އިސްނަގައިގެން އެ ކުންފުނީގެ މޭޖަރ އިމްޕޯރޓަރުންނާއި އެކު ބައްދަލުވުމެއް ބޭއްވުމުގެ މަގްސަދަކީ އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަތުން ކަމަށް އެމްޕީއެލްގެ ސްޕޯކްސް ޕަރސަން ދާނިޝް ނިޒާމް ވިދާޅުވިއެވެ.
" ރޯދަ މަހަކީ ވިޔަފާރި ބަނދަރަށް ބާރު ބޮޑު މަހަކަށް ވީ ނަމަވެސް، ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރުމުގެ އިންތިޒާމް އަޅުގަނޑުމެން ވާނީ ހަމަޖައްސާފަ. މިއަހަރުގެ ކުރީ ކޮޅުގައި އަޅުގަނޑުމެން ވަނީ ރާއްޖޭގެ ޝިޕިންގް އެޖެންޓުންނާއި ވެސް ބައްދަލުކޮށްފައި" ދާނިޝް އިތުރަށް ފާހަގަކޮށްލިއެވެ.
https://twitter.com/Portmv/status/1379708625157980160
ދާނިޝް ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގައި އެކުންފުނީގެ ޕޯޓުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުން ފާހަގަކުރާ ކަންކަން ބަލައިގަނެ އެ ކަންކަން ހައްލުކުރުމަށް އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
" އަޅުގަނޑުމެން ރެގިއުލާރ ކޮށް އެކި ދުވަސްތައް މަތިން މިފަދަ ބައްދަލުވުންތައް ބާއްވާނަން. މިއަދުގެ ބައްދަލުވުމުގައި 20 އަށް ވުރެ ގިނަ މޭޖަރ އިމްޕޯޓަރުން ބައިވެރިވެވަޑައިގެންނެވި" މިއަދުގެ ބައްދަލުވުމާ ބެހޭގޮތުން ދާނިޝް ފާހަގަކުރެއްވިއެވެ.
ޕޯޓުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ބަލައިގަނެ އެކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަކީ އެމްޕީއެލްގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި އެއީ ސީއީއޯ ޝާހިދު އަލީ އެންމެ އިސްކަން ދެއްވާ ކަންތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް