އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކައިދޭނެ އެޖެންޓުން ހޯދަނީ

އެސްޓީއޯއިން ރާއްޖެއަށް އެތެރެ ކުރާ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކައިދޭނެ އެޖެންޓުން ހޯދަން އިއުލާނުކޮށްފި އެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ކޮންސްޓްރަކްޝަން ސާމާނު...

07 Apr 2021 | 11:27

އެސްޓީއޯއިން ރާއްޖެއަށް އެތެރެ ކުރާ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކައިދޭނެ އެޖެންޓުން ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ކޮންސްޓްރަކްޝަން ސާމާނުގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، ޕުލައިވުޑް، ދަގަނޑު ހޮޅި، އަދި ޓިނާއި ޓިނާ ބެހޭ ސާމާނުކަމަށެވެ. އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުންކަމަށެވެ.

އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ. އަދި ތ. އަތޮޅަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. ކޮންމެ އަތޮޅަކަށް ދެ އެޖެންޓުންނެވެ.

އެޖެންޓުގެ ގޮތުގައި އައްޔަންކުރާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތައް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި އެއް އެޖެންޓަކަށް ގިނަވެގެން ބީލަން ހުށަހެޅޭނީ ދެ އަތޮޅަށް ކަމަށްްވެސް ބުނެ އެވެ.

ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، 2021 އޭޕްރިލް 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

އެސްޓީއޯއިން ވަނީ އެކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގުތައް ކޮންޓްލޯލް ކުރުމަށް 2019 ވަނަ ކާޑު އެޖެންޓުން ތައާރަުކޮށްފަ އެވެ. މި މަސައްކަތުގެ ދަށުން މާލެއާއި އެއް އަގެއްގައި ގާޑުގެ ބާވަތްތައް މިހާރު ގަންނަން ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް