ކިމް ކާޑޭޝަން ބިލިއަނަރަކަށް ވެއްޖެ

އެމެރިކާގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން ވެސްޓް ބިލިއަނަކަށް ވެއްޖެ އެވެ. އެމެރިކާގެ ފޯބްސް މެގަޒިން އިން ބުނީ ކިމް ބިލިއަނަކަށް ވެފައިވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. މިހާރު ކިމްގެ މިލްކިއްޔާތ...

07 Apr 2021 | 09:01

އެމެރިކާގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން ވެސްޓް ބިލިއަނަކަށް ވެއްޖެ އެވެ.

އެމެރިކާގެ ފޯބްސް މެގަޒިން އިން ބުނީ ކިމް ބިލިއަނަކަށް ވެފައިވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. މިހާރު ކިމްގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު އެބަ ހުރި ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.

ފޯބްސް އިން ރިޕޯޓު ކުރާގޮތުގައި މިލިއަނަކުން ބިލިއަނަރަކަށް ވާން ކިމް ހޭދަ ކޮށްފަިއވަނީ ފަސް އަހަރުގެ މުއްދަތެކެވެ. މީގެ ފަސް އަހަރު ކުރިން އޭނާގެ މިލްކިއްޔާތު 51 މިލިއަން ޑޮލަރަށް އަރައި މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އެ އަދަދު ވަނީ 200-780 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އިތުރުވެފައި އެވެ.

ކިމް ކާޑޭޝަން އަށް އާމްދަނީ ލިބެނީ ރިއަލިޓި ޓީވީ ޝޯތަކުންނާއި އޭނާގެ ކޮސްމެޓިކްސް ދެ ބްރޭންޑަކުންނެވެ. ކިމް އަކީ އެމެރިކާގެ ނުފުޒުގަދަ ފަންނާނެ ކެވެ.

ކިމްގެ ކޮސްމެޓިކްސް ބްރޭންޑް ތައާރަފު ކުރީ 2017 ވަނަ އަހަރު އެވެ. އެ ވިޔަފާރީގައި އޭނާގެ ބައިވެރިންނަކީ މަޝްހޫރު ހަތަރު ކޮއްކޮ އެވެ. އެކުންފުނީގެ ރެވެނިއު ވަނީ އެއް އަހަރު ތެރޭގައި 100 މިލިއަން ޑޮލަރަށް އަރާފައި އެވެ.

ސޯޝަލް މީޑިއާގައިވެސް ކިމް އަކީ ނުފޫޒު ގަދަ މީހެކެވެ. އޭނާގެ ޓުވިޓާ ފޮލޯވަރުންގެ އަދަދު 69.7 މިލިއަން އަރާއިރު އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 213 މިލިއަނަށް އަރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް