ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ވުން، ލ. އަތޮޅު ރައްޔިތުންގެ ބޮޑު އުންމީދެއް!

ލ. އަތޮޅު ކައްދޫ އެއާޕޯޓު، މިހާރުގެ ނަމުންނަމަ ކައްދޫ އިސްކަންދަރު އެއާބޭސް އަކީ ރާއްޖޭގެ ޑޮމެސްޓިކު އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވި ޚިދުމަތް ދޭންފެށުނު އެއާޕޯޓެވެ. އެގޮތުން ކައްދޫ އެއާ...

07 Apr 2021 | 08:28

ލ. އަތޮޅު ކައްދޫ އެއާޕޯޓު، މިހާރުގެ ނަމުންނަމަ ކައްދޫ އިސްކަންދަރު އެއާބޭސް އަކީ ރާއްޖޭގެ ޑޮމެސްޓިކު އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވި ޚިދުމަތް ދޭންފެށުނު އެއާޕޯޓެވެ.

އެގޮތުން ކައްދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް މުޅިން ނިމި ހުޅުވާފައިވަނީ 1986 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

އަތޮޅުތެރޭގެ ރަށެއްގައި އެންމެ ފުރަތަމަ ހުޅުވި އެއާޕޯޓަށް ކައްދޫ އެއާޕޯޓު ވީއިރު، އެންމެ ކުރިއެރުން ނުލިބޭ އެއާޕޯޓަކީ ވެސް ކައްދޫ އެއާޕޯޓޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭގެ ފަހުން ހުޅުވި ގިނަ ޑޮމެސްޓިކް އެއާޕޯޓުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާއިރު، ކައްދޫ އެއާޕޯޓް އަދިވެސް އޮތީ ކުރިން އޮތް ހާލަތުގައެވެ. ކަން މިހެން އޮތްއިރު، މިއީ ލާމު އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކައްދޫ އެއާޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރުން އެއީ ލާމު އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދެވެ.

ކޮންމެ ޝަރުކާރަކުންވެސް ކައްދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފޮނި ވާހަކަތައް ދައްކައެވެ. އެގޮތުން ކައްދޫ އެއާޕޯޓް ތަރައްޤީކޮށް، އެއާޕޯޓްގެ ތަރައްޤީގައި އާބާބެއް ފެށުމަށް 2012 ވަނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހު ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ނަމުގައި ސަރުކާރުން ވަނީ ސަރުކާރުގެ ސައްތަ އިން ސައްތަ ހިއްސާވާ ކުންފުންޏެއް ވެސް އުފައްދާފައެވެ. މި އެކުންފުނި އުފެއްދިތާ އެތަކެއް އަހަރުތަކެއް ފާއިތުވެ ދިޔައިރުވެސް އެބުނާ ތަރައްޤީއެއް ކައްދޫ އެއާޕޯޓަށް އަންނަ ތަނެއް ނުފެނެއެވެ. އަދި އެކަމަށް އެއްވެސް މަސައްކަތެއް ވެސް ފެންނާކަށް ނެތެވެ.

އޭގެ ފަހުން މިހާރު މި އޮތް ރައީސް އިބުރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެސް ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. ނަމަވެސް ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކުރެވުނު އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ފެންނާކަށް ނެތެވެ.

2020 ވަނަ އަހަރަށް ލަފާކުރާ ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމާއި ގުޅޭ ގޮތުން މި ސަރުކާރުން ވެފައިވާ ވައުދާއި ގުޅޭގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުވެސް އޭރު ވިދާޅުވެފައިވަނީ ކައްދޫ އެއާޕޯޓް މިހާރުވަނީ ވީރާނާބެފައިކަމަށާއި ކޮންމެ ރެޔަކުވެސް ކައްދޫ އެއާޕޯޓަށް ބޯޓު ޖައްސަނީ ރަންވޭއިން ހިލަ ނަގައިގެން ކަމަށެވެ. އަދި މިކަމަށް ވަރަށް އަވަސް ހައްލެއް ލިބެން އެބަޖެހޭ ކަމަށާއި ލާމު އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ މުހިންމުކަނަ އިންތާއަށް ބޭނުންވެފައި ވާކަމަށްވެސް ސިރާޖު ވަނީ ވިދާޅުވެފައެވެ.

" "ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ދަނީ ފަށަމުން، ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް މަޝްރޫއެއް އެއީ، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް މި މަސައްކަތް ކުރަނީ،" ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

1 ޖެނުއަރީ 2015 ގައި އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރެވުނު ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް މިހަރަތުރޭގައި ފެށޭނެ ކަމުގެ ޔަގީންކަން މިއަހަރުގެ ޖަނަވަރީ 26 ވަނަ ދުވަހު "އެޖެންޑާ-19 ހައްދުއްމަތީ ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވުމާއި އެކު ލާމު އަތޮޅުގެ ރައްޔިތުންނަށް އުންމީދުތަކެއް އާވެގެންދިޔައެވެ. ނަމަވެސް މިހާތަނަށް މި ވައުދުފުއްދުމުގެ ކޮޅުމަތި ފެންނަމުން ނުދާތީ ގިނަބަޔަކު އަންނަނީ އެކަމާއި ޝަކުވާތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް