ސިއްހަތު ދުވަސް: މުޅި ގައުމު ސިއްހީ ހިދުމަތްތެރިންނަށް ޝުކުރުވެރިވޭ: ރައީސް

މުޅި ގައުމު ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މު...

07 Apr 2021 | 07:59

މުޅި ގައުމު ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގަައި ކުރެއްވިި ޓުވީޓެއްގައި އެވެ.

ވަނީ މުޅި ދުނިޔެއަށް ދިމާވި އެންމެ ބޮޑު ސިއްހީ ހީނަރު ކަމުގެ ތެރޭގައި ވެސް ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުން ކުރަށްވާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެ.

އެހެން ކަމުން މިކަމަށްޓަކައި އެންމެހާ ރައްޔިތުންގެ ފަރާތުން ސިއްހީ މާހިރުންނަށް ޝުކުރު އަދާ ކުރާ ކަމަށްވެސް މި ޓްވީޓުގައި ވެއެވެ.

ކޮންމެ އަހަރެއްގެ އޭޕްރިލް ހަތް ވަނަ ދުވަހަކީ ދުނިޔޭޭގެ ސިއްހަތު ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް