އައްޑޫ މީދޫގައި އަޅާ މިސްކިތުގެ ކުރެހުން ފައިނަލްކޮށްފި

އައްޑޫ ސިޓީ މީދޫގައި އަލަށް އަޅާ މިސްކިތުގެ ކުރެހުން ފައިނަލްކޮށް، އެ ޕްރޮޖެކްޓު ކުރިއަށްގެންދަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ...

07 Apr 2021 | 07:24

އައްޑޫ ސިޓީ މީދޫގައި އަލަށް އަޅާ މިސްކިތުގެ ކުރެހުން ފައިނަލްކޮށް، އެ ޕްރޮޖެކްޓު ކުރިއަށްގެންދަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މީދޫގައި ހަދަން ޕްލޭން ކުރެވިފައިވާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ ކުރެހުންތައް ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި މިހަފްތާ ތެރޭގައި މި ޕްރޮޖެކްޓާއި ގުޅޭ ކަންކަން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މީދޫގައި އަޅާ މިސްކިތަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މިސްކިތެކެވެ. އަދި މިއީ އެ ރަށުގައި ސަރުކާރުން އިމާރާތްކުރާ ފުރަތަމަ މިސްކިތެވެ. މުޅި އައްޑޫ ސީޓީއަށް ބަލާއިރު ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރާ ދެ ވަނަ މިސްކިތެވެ.

އައްޑޫގައި އިމާރަތްކޮށްފައިވާ ގިނަ މިސްކިތްތަކަކީ ރައްޔިތުންގެ ޚަރަދުގައި ރައްޔިތުން ނުކުމެ ބިނާކުރި ތަންތަން ކަމަށް އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިޤު (ސޯބެ) ވިދާޅުވެއެވެ.

މީދޫގައި މިސްކިތެއް އަޅާއިރު ހުޅުދޫގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ޢިމާރާތްކުރުމަށް ދާދިފަހުން އައްޑޫ ކައުންސިލުން ވަނީ 10،000 އަކަފޫޓުގެ ބިމެއް އަމިއްލަ ފަރާތަކަށް ދޫކުރުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް