ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ފެށޭނީ ހެނދުނު 10:30 ގައި

ކުރިޔަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެދުނު10:30 ގައި ކަމަށް މަޖިލީހުން ބުނެފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ...

07 Apr 2021 | 07:15

ކުރިޔަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެދުނު10:30 ގައި ކަމަށް މަޖިލީހުން ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ. އަދި ރަމަޟާންމަހު ޖަލްސާތައް އޮންނާނެކަމަށް ވިދާޅުވި އެވެ.

އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށްދާނެކަން މަޖިލީޙުގެ ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.

މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާއަކީ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާއެވެ. މިދައުރުގެ ޖަލްސާތައް މި އޭޕްރީލްމަހުގެ ނިޔަަލަށް ކުރިއަށް ދާނެއެވެ.

މަޖިލީހުގެ ޖަލްސާތައް ޢާންމު ގޮތެއްގައި އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް