އިންސާފުވެރި އިންތިޚާބެއް ބާއްވައިދޭން މަޖިލީހުން އީސީއަށް އިލްތިމާސްކޮށްފި

ދެ ފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ބާއްވައިދިނުމަށް، ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިލްތިމާސް ކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މި އިލްތިމާސްކޮށްފައި ވަނީ މަޖ...

07 Apr 2021 | 06:49

ދެ ފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ބާއްވައިދިނުމަށް، ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިލްތިމާސް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މި އިލްތިމާސްކޮށްފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން، ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކުރިން ބާއްވާ މަޖިލީހުގެ ފަހު ޖަލްސާ ކަމަށެވެ.

އެހެންކަމުން އިންސާފުވެރި އިންތިޚާބެއް ބާއްވައިދިނުމަށް މަޖިލީހުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށާއި، ކޮމިޝަންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި އަޅުގަނޑު ޔަގީންކުރަން އިންތިޚާބުގެ އެންމެހާ ކަންކަން ހިނގައިދާނީ އެމަގުން ކަމަށް. އެއީ ވޯޓުލުމުގެ މަސައްކަތް ވެސް އަދި ވޯޓު އިއުލާނުކުރުމުގެ މަސައްކަތް ވެސް. މި އެންމެހާ ކަންކަމަކީ ދެފުށް ފެންނަ ސީދާ ގާނޫނާ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގޭ މަސައްކަތްތަކަކަށް ވާން ޖެހޭނެ. އަދި އަޅުގަނޑު އެކަމަކާ ޝައްކެއް ވެސް ނުކުރަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާޢްވާ މި އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް