މާލެ ރައްޔިތުންނަށް އިސްކަން ނުދީ ފްލެޓެއްވެސް ގޯއްޗެއްވެސް ދޫނުކުރާނަން: އަނަސް

މާލެ ރައްޔިތުންނަށް އިސްކަން ނުދޭ ގޮތަކަށް ފްލެޓެއްވެސް ގޯއްޗެއްވެސް ދޫކުރުމުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށް މާލެ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއް ސައްތާރު ވިދާޅ...

07 Apr 2021 | 06:16

މާލެ ރައްޔިތުންނަށް އިސްކަން ނުދޭ ގޮތަކަށް ފްލެޓެއްވެސް ގޯއްޗެއްވެސް ދޫކުރުމުގެ އެއްވެސް ސިޔާސަތެއް ނެތް ކަމަށް މާލެ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއް ސައްތާރު ވިދާޅުވިއެވެ.

ދުވަހަށް ދެއްވި އިންޓަވިއުއެއްގައި އަނަސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ހަރުދަނާ ސިޔާސަތެއް އެންމެ ފުރަތަމަ އެކުލަވާލީ އެމްޑީޕީއިން ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީއިން، ގުޅީފަޅަކީ މާލޭގެ އަވަށެެއް ކަމުގައި ކަނޑައެޅި ކަމަށެވެ. އަދި އެތަނުން ބޯހިޔާވަހިކަމުގެ ބައިވަރު ފުރުސަތުތައް ފަހިކޮށްދިން ކަމަށެވެ.

އަދި ހައްގުވެރި ފަރާތްތަކުން އެތަނުން ބައްލަވައިގަނެ، ދައުލަތަށް ފައިސާ ވެސް ދެއްކ ކަމަށެވެ. އޭގެފަހުން އައި 'ވެށިފަހި' ޕްރޮގްރާމް އަކީވެސް އެމްޑީޕީ ސަރުކާރުން ގެންނެވި ކަމެއް ކަމަށާއި، ނަމަވެސް ސަރުކާރު ބަދަލުވުމާ ގުޅިގެން، އޭގެ ތެރެއިން ބައެއް ފަރާތްތަކުން އަދިއަދަށް ދާންދެންވެސް އެ ހައްގުން މަހުރޫމްވެފައި އެބަ ތިއްބެވި ކަމަށް އަނަސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އޭުގެ ސަރުކާރުން "ޓާޓާ" ފްލެޓް ވެސް އެކުލަވާލި ކަމަށާއި، އަދި އޭގެ ހައްގުވެރިންވެސް އެމްޑީޕީ ސަރުކާރުން ކަނޑައެޅި ކަމަށް އަނަސް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، ސަރުކާރުން އޒްރިމެންޓަށް އެކިގޮތްގޮތުން ބަދަލު ގެނައުމުގެ ނަތީޖާ އަކަށްވީ ފްލެޓްތަކުގެ އަގު ބޮޑުވުން ކަމަށް އަނަސް ފާހަގަ ކުރެއްވިއެވެ. އޭގެ ސަބަބުން އޭގެ ހައްގުވެރިންނަށް ފްލެޓް އަތްނުފޯރާ ފަށަށް އުފުލިގެން ދިޔައެވެ.

އަނަސް ވިދާޅުވީ، މިކަންކަމާ ގުޅިގެން ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރަން ފެށި ކަމަށެވެ. އޭގެ ފަހުން2018 ވަނަ އަހަރު އެމްޑީޕީއިން ވެރިކަމާ ހަވާލު ވި އިރުވެސް ރައްޔިތުން ތިބީ ނިކަމެތިކަންމަތީގައި ކަމަށް އަނަސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އަނަސް ވިދާޅުވީ މިހާރު މާލޭގެ ބޯހިޔާވަހިކަން ބޭނުންވިފައި ތިބި ފަރާތްތަކުން އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށެވެ.

މިކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަނަސް ދެއްވިއެވެ.

އެހެންކަމުން ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގައި މާލޭ ރައްޔިތުންނަށް އިސްކަން ދިނުމަށް ސަރުކާރުން ވިސްނަމާ ކަމަށް އަނަސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް