ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަނީ

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން ...

07 Apr 2021 | 06:14

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ

ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ފަހީމާއި، ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އަޙުމަދު އީސާ ބައިވެރިވެވަޑައިގެންނެވިއެވެ.

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 235 މީޓަރުގެ ރިވެޓްމެންޓް

ޖެހުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

5 މިލިއަން ރުފިޔާގެ  މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 100 ދުވަސް ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް