ކަނޑުހުޅުދޫގެ ޑަބްލިއުޑީސީއަށް ސިޔާމާ ހަސަން: ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ

ސިޔާމާ ހަސަން ނުދަންނަ މީހަކު ގއ. ކަނޑުހުޅުދޫގައި ނުހުންނާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާއަކީ މި ދިޔަ ދެ ދައުރުގައި ވެސް ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައ...

07 Apr 2021 | 05:21

ސިޔާމާ ހަސަން ނުދަންނަ މީހަކު ގއ. ކަނޑުހުޅުދޫގައި ނުހުންނާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާއަކީ މި ދިޔަ ދެ ދައުރުގައި ވެސް ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާއެވެ. އަދި ހަމަ އެ މަގާމު ދިފާއުކުރުމުގެ ރޫޙުގައި އިތުރު ދަޢުރަކަށް ކުރިމަތިލައްވައިގެން ހުންނެވި ކަނބަލެކެވެ.

ގއ. ކަނޑުހުޅުދޫ، އެސްފިޔަ ގެއަށް ނިސްބަތްވާ ސިޔާމާ ގިނަ ބަޔަކު ދަންނަނީ ނިކަން ހިތްހެޔޮ މަޑުމައިތިރި، އެންމެނާ ވެސް ގުޅޭ ކަނަބަލެއްގެ ގޮތުގައެވެ. ރަށުގައި ކުރާ ކޮންމެ ކަމެއްގައި ވެސް އިސް ސަފުގައި ޟާމިލުވާ، ކެރޭ. ހީވާގި، ދޫފަރިތަ ކަނބަލެއްގެ ގޮތުގައެވެ. އެ އިރެއްގައި އޮން ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެކެވެ. ވީއިރު، އޭނާ މި ފަހަރު ކުރިމަތިލީ ވެސް ސަރުކާރު ހިންގާ މައި ޕަޓީ އެމްޑީޕީގެ ޓިކެޓުގައެވެ.

"ރައްވެހި ފަތިސް"ގެ ވައުދުތަކާއެކު ރަށަށް ދިރުން ގެނެސްދޭނެ ކަމަށް އޭނާ ދެކެއެވެ. އަދި ރައްޔިތުންނަށް ޚިދުމަތްކުރަން އިތުރު ފުރުސަތެއް ދީފި ނަމަ ރަށުގެ ރައްޔިތުންގެ، ހާއްސަކޮށް ކަނބަލުންނަށް ދިމާވެފައިވާ ދަތިތަކާ ތުރާތައް ފިލުވައި ދިނުމަށް އޭނާ މަސައްކަތްކޮށްދޭނެ އެވެ. އޭނާ ހުރީ ވަރަށް ޖޯށުގައި އެކަން ކުރާން ތައްޔާރަށެވެ.

ކަނޑުހުޅުދޫގައި ވެސް އިޖްތިމާއީ މައްސަލަތައް ގިނަވެ އެކަށީގެންވާ ހައްލުތަކެއް ނުގެނެވި އޮތް އިރު މި ރަށުގެ ގިނަ ރައްޔިތުންނަކީ ވެސް ލާމަރުކަޒީ ބާރުވެރިކަމަށް ވަކާލާތު ކުރާ ބަޔެކެވެ. އެ ބާރުވެރިކަން ލިބި ރައްޔިތުންނަށް ފައިދާއެއް ލިބެން އޮތީ އެ ވިސްނުމުގައި ނުކުންނަ ބަޔަކަށެވެ. ސިޔާމާ ގަބޫލު ކުރައްވާ ގޮތުގައި އެ ބަޔަކީ އޭނާ ވެސް ހިމެނޭ ރީނދޫ ލީޑަރުންގެ ލަޝްކަރެވެ.

ކަނޑުހުޅުދޫގެ ރައްޔިތުންނޭވެ. ރަށުގެ ތަރައްގީއާއި ތަހުޒީބަށް ލޯބިކުރައްވާ ނަމަ ސިޔާމާއަށް ވޯޓު ދޭށޭވެ. ކެންޑިޑޭޓް ނަމްބަރަކީ އަށެކެވެ. ކަނޑުހުޅުދޫގެ ކަނބަލުންނޭވެ. ސިޔާމާއަށް ވޯޓު ދޭށޭވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮށްފިއެވެ. ދެން ވެސް ކުރާނެއެވެ. އިތުބާރު ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް