ގއ. ދެ ރަށެއްގެ ކްލާސްރޫމް އިމާރާތް ކުރުމުގެ އެގްރިމެންޓްގައި ސޮއިކޮށްފި އެވެ.
އެގްރީމެންޓް ކުރެވިފައި ވަނީ ގއ. ނިލަންދޫ ސްކޫލުގެ ހަތަރު ކްލާސްރޫމް އިމާރާތާއި، ދެއްވަދޫ ސުލްޠާން މުހައްމަދު ސްކޫލުގެ ދެ ކްލާސްރޫމް، ހެލްތް ރޫމް އަދި ލައިބްރަރީ އިމާރާތުގެ މަސައްކަތެވެ.
މި ދެ ސްކޫލްގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި ދެ އެގްރިމެންޓަގައި ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ނައުޝާދް އިބްރާހީމްއެވެ. ވެލްމަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސަލީމްއެވެ.
މި ކުންފުންޏާއި ހަވާލު ކުރި މި ދެ ސްކޫލުގެ ހުރިހާ މަސައްކަތެއް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ނިލަންދޫ ސްކޫލްގެ ހަތަރު ކްލާސްރޫމްތަކުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 3.2 މިލިއަން ރުފިޔާ އަށެވެ. ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލްގެ ދެ ކްލާސްރޫމް، ހެލްތް ރޫމް އަދި ލައިބްރަރީ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ3.6 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް