ސައުދީ އަރަބިއްޔާއިން ހަދިޔާ ކުރި ކަދުރު މިއަދު ބަހަން ފަށާނެކަމަށް މިނިސްޓްރީ އޮފް އިލްސާމިކް އެފެއާޒް އިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 1442 ވަނަ އަހަރު ރަމަޟާން މަހަށް ރާއްޖެއަށް ސަޢޫދީ ސަރުކާރުން ހަދިޔާކުރި ކަދުރު، ބަނާނީ މިމަހުގެ 29ގެ ނިޔަލަށް ކަމަށެވެ. ކަދު ދިނުމަށް ހަމަޖެހިފައިވަނީ ފަގީރުންނާއި މިސްކީނުންނަށެވެ.
މިއަދާއި މާދަމާ ކަދުރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހުމެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ކަދުރު ބެހުން ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.
މިމަހުގެ 10-12 ވަނަ ދުވަހުގެ ނިޔަަލަށް ކަދުރު ދޫކުރާނީކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު6:00 އަށެވެ. ރޯދަ މަހު ކަދުރު ބެހުން އޮންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން އާންމުކޮށްފައިވާ ކަދުރު ބެހުމުގެ އުސޫލުގައި ބުނީ ކަދުރު ބަހާނީ 1441 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ ކޮންމެ މީހަކަށް ޕެކެޓެއްގެ މަގުންނެވެ. އެ ދަފުތަރުގައި ތިބީ 10،944 މީހުންނެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަދި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކަށް ކަދުރު ބަހާނެ ކަމަށް ބުންޏެވެ.
އެ އުސޫލުގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ފަގީރުންނަށް ކަރުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި އެހެން ސިޓީތަކުގައި ކަދުރު ބެހުން ކުރިއަށްގެންދާނީ އެ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށާއި ރަށްރަށަށް ކަދުރު ގެންދިޔުމުގެ ކަންތައް ކުރާނީ ކައުންސިލުން ކަމަށް އެ އުސޫލުގައި ބުންޏެވެ.
ކަދުރު ބަހާނީ އާންމުކޮށް އިއުލާނު ކޮށްގެން ކަމަށާއި އެ އުސޫލުގެ ދަށުން ބަހާ ކަދުރަކީ ހަމައެކަނި ސަރުކާރުން ބަހާ އެއްޗެއްގެ ގޮތުގައި ހާމަ ނުކުރުމަށް އުސޫލުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް