ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.
ރޭ ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މި މެޗުގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މެންޗެސްޓާ ސިޓީންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ޕެނަލްޓީއެއް ރެފްރީ ދިން ނަމަވެސް ފަހުން ވީއޭއާރުން ވަނީ އެކަން ބަދަލުކޮށްފަ އެވެ.
މި ލަނޑާއި އެކު ކުރީގައި އޮވެ ސިޓީން މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ފަހުހާފު ފެށިގެން ޑޯޓްމުންޑުން ކުޅެމުން ގެންދިޔައީ ވަރުގަދަ ކުޅުމެެކެވެ. އެގޮތުން ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް އުފެއްި ނަމަވެސް ގިނަ ހަމަލާތައް ވީ ނާކާމިޔާބެވެ. ނަމަވެސް މެޗު ނިމެން ވަރަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޑޯޓްމުންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޑޯޓްމުންޑަށް ނަތީޖާ ހަމަހަމަކޮށްދިން މި ލަނޑު ކާމިޔާބު ކޮށްދިނީ މާކޯ ރުއީސްއެވެ.
ރުއީސްގެ ލަނޑުން މެޗުގެ ނަތީޖާ އެއްވަރެއްގައި އޮވެ ނިމްނެ ދިޔަނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 90 ވަނަ މިނެޓުގައި މި ލަނޑު ގުންޑޮގާންގެ އެހީތެރިކަމާއި އެކު ޖަހައިދިނީ ފިލް ފޯޑެންއެވެ.
މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ހަފްތާ ބުދަ ދުވަހުގެރޭ ދަންވަރު ރާއްޖޭ ގަޑިން 12:00 ގައެވެ. މި މެޗު ކުޅޭނީ ޑޯޓްމުންޑުގެ ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް