މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

މިރޭ މާލޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ބުރައްކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ 10...

07 Apr 2020 | 18:53

މިރޭ މާލޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ބުރައްކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ 10:43 ހާއިރު މިކަން ހިނގާފައިވަނީ ބޮޑުފުންގަނޑު މަގުގައެވެ.

"މި މާރާމާރީ ހިންގާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ ފިރިހެނުންގެ ދެމެދު އުފެދުނު މައްސަލައެއްގައި" ފުލުހުން ބުނެފައިވެއެވެ.

އެތަނުން އެކަކު އަނެއް މީހާގެ ބުރައްކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ޒަހަމްވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ހާލު ސީރިއަސްއެއް ނޫނެވެ.

މި މައްސަލައިގާ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު ޒަހަމްވެ ފަރުވާ ހޯދަމުން އަންނަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 40 އަހަރުގެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް