މިމަހު 11 ގައި ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ބަންދު ކުރުމުން ޓްރިވެންޑްރަމްގައި ތާށިވިވެފައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންއިން ޗާޓާޑް ފްލައިޓެއް ބާއްވަން ހަމަޖައްސައިފި އެވެ. މި ފްލައިޓު ބޭއްވުމަށް ހަމަޖެ...

07 Apr 2020 | 17:14

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ބަންދު ކުރުމުން ޓްރިވެންޑްރަމްގައި ތާށިވިވެފައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންއިން ޗާޓާޑް ފްލައިޓެއް ބާއްވަން ހަމަޖައްސައިފި އެވެ.

މި ފްލައިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ11 ވަނަ ދުވަހު އެވެ. މި ދަތުރުގެ ޓިކެޓުގެ އަގަކީ199 ޑޮލަރެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މި ދަތުރުގައި ރާއްޖެ ގެންނާނީ އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް ގޮސް އިންޑިއާ ބަންދު ކުރުމުގެ ސަބަބުން ނާދެވިފައި ތިބި މީހުން ކަމަށެވެ. ދެން މި ދަތުރުގައި ގެންނާނީ މިދިޔަ މަހުގެ21 ވަނަ ދުވަހު ޓްރިވެންޑްރަމްއިން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓުން ރާއްޖެ އަަންނަން ޓިކެޓު ނަގާފައި ތިބި މީހުން ކަމަށެވެ.

ކުރިޔަށް އޮތްތާ ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގައި މިހާލަތުގައި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އައުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް މިހާތަނަށް މޯލްޑިވިއަންއިން ދެ ދަތުރުކޮށްފައިވެ އެވެ. އެއީ ސްރީލަންކާ އާއި އިންޑިއާގެ ކޮޗިން އަށެވެ. އެ ދަތުރުތަކުގައި ޖުމްލަ288 މީހަކު ގެނެސްފައިވެ އެވެ.

އަދި މިރޭ މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން200 މީހުން ރާއްޖެ ގެންނާނެ އެވެ.

މޯލްޑިވިއަންއިން ބުނީ ރާއްޖޭން ބޭރުގައި ތިބި ހުރިހާ ދިވެހިން ގެންނަން ސަރުކާރުން އަންގައިފި ނަމަ އެންމެން ގެނެވެންދެން އެ އެއާލައިނުން ދަތުރު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް