ކޯވިޑް-19 އާއި ގުޅިގެން ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި މީހުން ގެންނަން ކުރާ ޗާޓާޑް ދަތުރުތަކުގައި ވިއްކާ ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ.
ޓިކެޓުގެ އަގު ހެޔޮކޮށްފައި މިވަނީ ސްރީލަންކާ އާއި އިންޑިއާގެ ކޮޗިން އަދި މެލޭޝިއާގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަންއިން ވިއްކި ޓިކެޓުގެ އަގު ބޮޑުކަމުން ޝަކުވާ ކުރަމުން ދަނިކޮށެވެ. މިކަމާ ގުޅިގެން މޯލްޑިވިއަންއިން ބުނީ އެ ދަތުރުތަކަށް ކަނޑައަޅާފައި އަގަކީ ކުންފުންޏަށް އެއްވެސް ފައިދާއެއް ނުލައި ވިއްކި ޓިކެޓުތަކެއް ކަމަށެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ދިވެހިން ގެންނަން ދެން އެ ކުންފުނީގެ ފްލައިޓުތައް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާނެ ކަމަށެވެ. މިގޮތަށް ނިންމީ އެމްއޭސީއެލްއާއި އެނޫންވެސް ކަމާ ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.
ދެން ބާއްވާ ޗާޓާޑް ދަތުރު ތަކުގައި ނެގުމަށް ހަމަޖެހިފައިވާ އަގުތައް:
އިންޑިއާ (ޓްރިވެންޑްރަމް): 199 ޑޮލަރު
ސްރީލަންކާ (ކޮލަމްބޯ): 220 ޑޮލަރު
އިންޑިއާ (ކޮޗިން):
މެލޭޝިއާ (ކުއާލަލަންޕޫރު):320 ޑޮލަރު
ދިވެހިން ގެންނަން ލަންކާ އަށް ކުރި ފުރަތަމަ ދަތުރުތަކުގެ ޓިކެޓްގެ އަގަގީ 300 ޑޮލަރު (4،626 ރުފިޔާ) އެވެ. ކޮޗިންގެ ޓިކެޓު ވިއްކީ 264 ޑޮލަރު (4،086 ރުފިޔާ) އަށެވެ. އަދި މެލޭޝިއާގެ ޓިކެޓް ވިއްކާފައިވަނީ 330 ޑޮލަރު (5،088 ރުފިޔާ) އަށެވެ.
މޯލްޑިވިއަންއިން ބުނީ އެ އަގުތަކަކީ މި ދުވަސްވަރު ނެގޭނެ އެންމެ ކުޑަ އަގުކަމަށެވެ. އެ ހިމެނެނީ ޓެކްސް އާއި ތެލާއި އެއާޕޯޓުތަކަށް ދައްކަން ޖެހޭ ފީތައް އެކަނި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް