ކާފިއުގެ ހަ ވަނަ ދުވަސް: މިއަދުވެސް 182 މީހަކު ހިފަހައްޓަން ޖެހުނު

ކާފިއު ހިންގާ ގަޑީގައި މިއަދު182 މީހަކު ހިފެހެއްޓި ކަމަށް ފުލުހުން ބުނެފި އެވެ. މިއީ މާލެ، ވިލިމާލޭ އަދި ހުޅުމާލެއިން މިއަދު ހިފެހެއްޓުނު ޖުމްލަ އަދަދެވެ. ފުލުހުން ބުނީ މިއަދު ހުއްޓުވާ ނަސޭހަތް ދޭންޖެ...

07 Apr 2020 | 16:37

ކާފިއު ހިންގާ ގަޑީގައި މިއަދު182 މީހަކު ހިފެހެއްޓި ކަމަށް ފުލުހުން ބުނެފި އެވެ.

މިއީ މާލެ، ވިލިމާލޭ އަދި ހުޅުމާލެއިން މިއަދު ހިފެހެއްޓުނު ޖުމްލަ އަދަދެވެ.

ފުލުހުން ބުނީ މިއަދު ހުއްޓުވާ ނަސޭހަތް ދޭންޖެހުނު މީހުންގެ ތެރެއިން153 މީހުންނަކީ ދިވެހިން ކަމަށެވެ. އަނެއް29 މީހުންނަކީ ބިދޭސީންނެވެ.

މިއަދު ދެވަނަ ނަސާހަތް އެއް ފަރާތަކަށް ދިނެވެ. އެކަމަކު މީހަކު ޖޫރިމަނާ ކުރާ ހިސާބަކަށް ނުދެ އެވެ.

މިހާތަނަށް ކާފިއު ހިންގާ ގަޑީގައި ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް ބޭރަށް ނުކުމެގެން ދެ މީހަކު ވަނީ ވަނީ ޖޫރިމަނާ ކޮށްފައި އެވެ. ކާފިއު ގަޑީގައި ބޭރަށް ނުކުންނަ މީހުން ޖޫރިމަނާ ކުރަނީ1،000 ރުފިޔާ އިންނެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ކޮންމެ ދުވަހެއްގެ ހަވީރު5:00 ން ރޭގަނޑު8:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް