ކޯވިޑް-19: ޗުއްޓީ ހޭދަކޮށްފައިދިޔަ ޓޫރިސްޓަކު ޕޮޒިޓިވް ވުމުން ދެ ރިސޯޓެއް މޮނީޓަރިންއަށް

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަ ފަތުރުވެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން ޖޯލި މޯލްޑިވްސް ރިސޯޓާއި ރިސޯޓު ތަރައްގީ ކުރަމުންދާ ރ. ބޮޑުފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މިކަން...

07 Apr 2020 | 15:00

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަ ފަތުރުވެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން ޖޯލި މޯލްޑިވްސް ރިސޯޓާއި ރިސޯޓު ތަރައްގީ ކުރަމުންދާ ރ. ބޮޑުފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި އެ ފަތުރުވެރިޔާ ކޯވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެ ފަތުރުވެރިޔާ ނިސްބަތްވާ ގައުމަށް ދިޔަފަހުން ކަމަށެވެ.

މިކަމާއި ގުޅިގެން އެ ދެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނެވި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް