ކޯވިޑް-19: މުޖްތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށް ވިސްނައި އުރީދޫ މަސްރޭސް މި ރޯދަމަހު ނުބާއްވަން ނިންމައިފި

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ވަބާއިން ސަލާމަތްވުމަށް މި ރާއްޖެ ހިމެނޭހެން މުޅި ދުނިޔެ މަސައްކަތްކުރަމުން އަންނައިރު އެންމެންގެ ސަލާމަތާ ރައްކަލަށްޓަކައި، އުރީދޫ މަސް ރޭސް މި އަހަރުގެ ރަމަޟާން މަހު...

07 Apr 2020 | 14:21

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ވަބާއިން ސަލާމަތްވުމަށް މި ރާއްޖެ ހިމެނޭހެން މުޅި ދުނިޔެ މަސައްކަތްކުރަމުން އަންނައިރު އެންމެންގެ ސަލާމަތާ ރައްކަލަށްޓަކައި، އުރީދޫ މަސް ރޭސް މި އަހަރުގެ ރަމަޟާން މަހު ނުބާއްވަން އުރީދޫން ނިންމައިފިއެވެ.

އުރީދޫގެ 11 ވަނަ މަސްރޭސް ނުބާއްވަން ނިންމާފައިވާކަން އުރީދޫން އިއުލާނުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިކަން ހާމަކޮށް އުރީދޫން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ މުޖްތަމައުގެ ރައްކާތެރިކަމަށް ވިސްނާފައި ކަމަށެވެ. އަދި އަންނަ އަހަރު އިތުރު ފުރިހަމަކަމަކާއެކު މަސް ރޭސް އެނބުރިއަންނާނެކަމުގެ ފޮނި އުންމީދާއެކު އުރީދޫން އިލްތިމާސް ކޮށްފައިވަނީ މިވަގުތު ގޭގައި މަޑުކޮށްލުމަށެވެ. އެދިފައިވަނީ އެންމެންގެ ރައްކާތެރި ކަމަށެވެ.

ކޯވިޑް-19ގެ މި ހާލަތާއި ގުޅިގެން އުރީދޫ މަސް ރޭސް މި އަހަރު ކެންސަލް ކޮށްފައިވާއިރު ކޯވިޑް-19ގެ މި ހާލަތުގައި ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން އުރީދޫން އަންނަނީ ކަސްޓަމަރުންނަށް އެކި ޕެކޭޖުތަކުން ބޮޑެތި ޑިސްކައުންޓްތަކާއި ހިލޭ ހިދުމަތްތައް ދެމުންނެވެ. މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައިވެސް އުރީދޫން އަންނަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް