ޒަކާތު މަސައްކަތް ކުރުމަށް 10 ޢާމިލުން ހޯދަން އިއުލާނު ކޮށްފި

ކޮންޓްރެކްޓް އުސޫލުން ޒަކާތު މަސައްކަތްކޮށްދޭނެ 10 ޢާމިލުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސަޕޯޓް އޮފިސަރުންގެ ތިންތީގ...

07 Apr 2020 | 12:33

ކޮންޓްރެކްޓް އުސޫލުން ޒަކާތު މަސައްކަތްކޮށްދޭނެ 10 ޢާމިލުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސަޕޯޓް އޮފިސަރުންގެ ތިންތީގައި 10 ޢާމިލުން ހޯދަނީ ތިން މަހުގެ މުއްދަތަށް ކަމަށެވެ.

މިނިސްޓްރީގެ ޒަކާތު ސެކްޝަނުގައި މަސައްކަތްކުރާ ގޮތަށް ނަގާ މި ދިޔަ މީހުންނަށް އުޖޫރައިގެ ގޮތުގައި ޖީއެސް 4 ރޭންކުގެ ޢާމިލަކަށް 5500 ރުފިޔާ އަދި ޖީއެސް 3 ރޭންކުގެ ޢާމިލަކަށް 5000 ރުފިޔާ އަދި އެލެވެންސްގެ ގޮތުގައި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ އަދި ބަންދު ދުވަހާއި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ޖީއެސް 4 ގެ ރޭންކުގެ ޢާމިލަކަށް ކުރިމަތިލާނަމަ ޝަރުތުތަކަކީ:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.  މިއެވެ.

ޖީއެސް 3 ރޭންކުގެ ޢާމިލަކަށް ކުރިމަތިލާނަމަ ޝަރުތުތަކަކީ:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. މިއެވެ.

މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޝަރުޠަށް (ޖީއެސް3) އަސް މުވައްޒަފުން ނެގޭނީ ފުރަތަމަ ޝަރުޠު (ޖީއެސް4) ހަމަވާ އަދަދަށް (10 (ދިހައެއް)) މުވައްޒަފުން ނުލިބިއްޖެނަމަ ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރާނީ 2020 އޭޕްރީލް 14 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އީމެއިލް[email protected]  އަށް ކަމަށާއި އަދި "ކޮވިޑް 19" ގެ ޚާއްޞަ ޚާލަތާއި ގުޅިގެން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތަކުގެ ހާޑުކޮޕީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2020 އޭޕްރީލް 08 ން 14 އަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން 12:00 އާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރުން ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް