ބިދޭސީ އިމާމު ހޯދަން 120000 މީޓަރުގެ ސަރަހައްދެއް ބަލައިފި

ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓުން ގެއްލުނު މީހާ ހޯދުމަށް 120000 މީޓަރުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވ...

07 Apr 2020 | 11:45

ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓުން ގެއްލުނު މީހާ ހޯދުމަށް 120000 މީޓަރުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުން ގެއްލުނު އިންޑިއާގެ 30 އަހަރުގެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެމީހާ އަކީ އެ ރިސޯޓުގެ އިމާމެވެ.

އެގޮތުން މިހާތަނަށް ކަނޑުގެ ސާފޭސް އޭރިއާގެ 120000 ސްކެއާ މީޓަރު ބެލި ނަމަވެސް ގެއްލުނު މީހާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު އެމީހާ ހޯދުމުގެ މަސައްކަތުގައި އަދިވެސް ކޯސްޓްގާޑުގެ ލޯންޗުގެ ޑައިވަރުން ހަރަކާތްތެރިވަމުންދާކަމަށް އެމްޑީއެފުން ބުނެއެވެ.

ށ. އަތޮޅުގައި ހިންގަމުން އަންނަ އެ ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުން ފޯނު ކޯލެއްގައި ހުރެ ރިސޯޓްގެ ސަޕްލައި ޖެޓީއިން އެމީހާ މޫދަށް ފުންމާލާތަން ފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް